ބޭނުންވާ ތަކެތި:

މެރިނޭޓް ކުރުމަށް

500 ގުރާމު ކުކުޅު

1 ސައިސަމުސާ ލޮނު

½ މޭޒުމަތީ ސަމުސާ މުގުރި އަސޭމިރުސް

1 މޭޒުމަތީސަމުސާ އިނގުރު (ޕޭސްޓް)

1 މޭޒުމަތީސަމުސާ ލޮނުމެދު (ޕޭސްޓް)

1 ބިސް (ހުދު ތެނި)

2 މޭޒުމަތީސަމުސާ ކޯންފްލާ

ބޭނުންވާތަކެތި:

ގާލިކް ސޯސްތައްޔާރުކުރުމަށް

2 މޭޒުމަތީސަމުސާ ތެޔޮ

2 މޭޒުމަތީސަމުސާ ބަޓަރ

1 މޭޒުމަތީސަމުސާ ލުނުމެދު (ކޮށާފައި)

1/3 ޖޯޑު ސްޕްރިންގް އޯނިއަން

1 މޭޒުމަތީސަމުސާ ކޯންފްލާ

1/3 ޖޯޑު ފެން

1 ސައިސަމުސާ މުގުރި އަސޭމިރުސް

1 ސައިސަމުސާ މުގުރިމިރުސް (ޗިލީފްލެކްސް)

1 މޭޒުމަތީސަމުސާ ލުނބޯހުތް/ވިނިގާ

1 މޭޒުމަތީސަމުސާ ސޯޔާސޯސް

1 މޭޒުމަތީ ސަމުސާ ވިނިގާ

ތައްޔާރުކުރާނެ ގޮތް

ކުކުޅު 1 އިންޗި ބޮޑުމިނުގައި ކޮށާލާށެވެ. ދެން ދޮވެ ސާފުކޮށްލުމަށްފަހު ބޯތައްޓަކަށްއަޅާށެވެ. އެއަށްފަހު ލޮނުސަމުސަލަކާއެކު އިނގުރު ލޮނުމެދު ޕޭސްޓް، މުގުރި އަސޭމިރުސް، ބިހުގެ ހުދުތެނި، 2 ސަމުސާ ކޯންފްލާ އަޅައި އެއްކޮށްލުމަށްފަހު 15 މިނެޓް މެރިނޭޓްކުރަން ބަހައްޓާށެވެ. އެއަށްފަހު ތަވަޔަކަށް 2 މޭޒުމަތީސަމުސާ ތެޔޮ އެޅުމަށްފަހު އުނދުންމައްޗަށް އުދާ ހޫނުކޮށްލާސެވެ. ތެޔޮފޮދަށް ހޫނުވުމުން މެރިނޭޓްކުރި ކުކުޅު އަޅާށެވެ. އެއަށްފަހު ތެޔޮފޮދުގައި 5 ވަރަކަށް މިނެޓުވަންދެން ކުކުޅު ހަނާކޮށްލާސެވެ. ކުކުޅު ހަނާކުރާއިރު ދޭފަތަކުން ހަލަން (ފުށުންޖަހަން) ވާނެއެވެ. އެއަށްފަހު މަތިޖަހައިގެން 12ވަރަކަށް މިނެޓް ކައްކާ ރޯފިލުވުމަށްފަހު އުނދުންމަތިން ބަލާށެވެ.

ގާލިކް ސޯސް ތައްޔާރުކުރުން

ތަވަޔަކަށް 1 މޭޒުމަތީސަމުސާ ތެޔޮ 2 މޭޒުމަތީސަމުސާ ބަޓަރ އަޅާފައި ހޫނުކުރާށެވެ. ހޫނުވުމުން ކޮށި ލޮނުމެދު އަދި ސްޕްރިންގް އޯނިޔަން ކޮށާލުމަށްފަހު އަޅާށެވެ. އެއަށްފހު ½ ޖޯޑުގައި ފެނުގައި 1 ސަމުސާ ކޯންފިލާ ރަނގަޅަށް ގިރާލުމަށްފަހު ތަވަޔަށް އަޅާށެވެ. ދެން ހަނާކުރި ކުކުޅު ކޮޅު އަޅާއެއްކޮށްލާށެވެ. އެއަށްފަހު ފަހު ½ ސަމުސާ މުގުރި އަސޭމިރުސް، މުގުރި މިރުސް، ވިނިގާ، ލުނބޯހުތް، ސޯޔާސޯސް އަޅާ އެއްކޮށްލާށެވެ. ދެން ހުރިހާއެއްޗެއް އެއްކޮށް 2މިނެޓު ކައްކާލުމަށްފަހު އުނދުންމަތިން ބާލާށެވެ.