ވަޓްސްއެޕް އަދި ފޭސްބުކް ގައި އަންހެނަކު ފޮނުވާފައިވާ ދީނަށް ފުރައްސާރަ ކުރާ މެސެޖުތަކެއް ކަމަށް ބުނެ ކުރި ދައުވާއެއް ސާބިތުކޮށް، އަންހެނަކު މެރުމަށް ޕާކިސްތާނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
ޕާކިސްތާނުގައި އަމަލު ކުރާ ދީނަށް ފުރައްސާރަކުރުމުގެ ޤާނޫނުކުގެ ދަށުން އަނީޤާ އަތީޤް، 26، ގެ މައްޗަށް ކުށް ސާބިތުވެ، އޭނާގެ މައްޗަށް މަރުގެ ޙުކުމް އިއްވާފައިވަނީ ބުދަ ދުވަހު ރާވަލްޕިންޑީގެ ކޯޓަކުންނެވެ.
ދައުވާ ޝީޓްގައިވާ ގޮތުން އުމުރުން 26 އަހަރުގެ އަނީގާ އަތީގު، އޭނާގެ އެކުވެރިއަކާ 2019 ވަނަ އަހަރު ވަޓްސްއެޕްގައި މެސެޖްތައް ބަދަލުކޮށް ހަދާފައި ވެއެވެ.
އޭނާގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ، ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާއަށާއި އެކަލޭގެފާނުގެ އަނބިކަނބަލެއް ކަމަށް ބުނެ ކުރަހާފައިވާ ކާޓޫނެއް މެސެޖް ކުރި މައްސަލާގައެވެ.
އޭނާގެ އެފްބީ އެކައުންޓުންވެސް ދީނަށް ފުރައްސާރަ ކުރާ ޒާތުގެ ތަކެތި އެހެން އެކައުންޓްތަކަށް ފޮނުއްވާފައިވާ ކަމަށް ތުހުމަތު ކޮށްފައި ވެއެވެ.
އަނީގާ އަތީޤް ވަނީ އޭނާއަކީ ދީނަށް އުޅޭ މުސްލިމެއް ކަމަށް ބުނެ، އެ ހުރިހާ ދައުވާއަކަށް އިންކާރުކޮށްފައެވެ. ޝަރީއަތުގެ މަޖިލީހުގައި އޭނާ ބުނީ، މައްސަލަ ހުށަހެޅި ފަރާތުން ގަސްދުގައި ދީނީ ބަހުސެއްގެ ތެރެއަށް އޭނާ ވައްތައިލީ ކަމަށެވެ. އަދި ހިތާވާން ދެކޮޅު ހެދުމުން އެއްކޮށް "ބަދަލު ހިފުމުގެ" ގޮތުން އޭނާ ބައްދާލީ ކަމަށެވެ.
ކޯޓުން ވަނީ އަނީގާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، އޭނާ ދަންޖައްސައި މަރާލަން ހުކުމް ކޮށްފަ އެވެ.