ބައިނަލްއަގްވާމީ މަސްރަހުން އެމެރިކާ ބާކީ ކުރި ޑޮނަލްޑް ޓްރަމްޕްގެ ފަހުން، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެރިކަމަށް ވަޑައިގެންނެވީ، ދުނިޔޭގެ ގައުމުތަކާއި އެމެރިކާއާ އޮތް ގުޅުން އަލުން އާރާސްތުކުރެއްވުމުގެ ވައުދާ އެކުގައެވެ. ނަމަވެސް ބައިޑެންގެ ވެރިކަމުގެ ފުރަތަމަ އަހަރު ވަނީ ޚާރިޖީ ސިޔާސަތުގެ އެތައް ކާރިސާއެއް ތަހައްމަލު ކުރަން ޖެހިފައެވެ. ކާބުލްއިން ފެށިގެން ކިއޭވްއާ ހަމައަށް ހައްތާވެސް ކާރިސާތަކެވެ.

ރައީސް ބައިޑަން ޔޫރަޕްގެ މަސްރަހުގައި އެމެރިކާގެ އެކުވެރިންނާ އެކު އޮންނަ ގުޅުން ރަނގަޅު ކުރައްވަން މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ޔޫކްރެއިންއާ ދެކޮޅަށް ރަޝިއާއިން ހިންގާ ޖަރީމާތައް ފެންމަތިވުމާ ގުޅިގެން އެމެރިކާގެ ޔޫރަޕިއަން ޕޮލިސީގެ މަސައްކަތްތަކަށް ވަނީ ހިޔަނި އެޅިފަ އެވެ.

ބައިޑަންގެ ސަރުކާރުން ވާދަވެރި ޗައިނާ ސުޕަޕަވަރ އާ މެދު ހަރުކަށި ވިސްނުމެއް ގެން ގުޅެއެވެ. އެއާއެކު އެމެރިކާއާއި ޗައިނާގެ ގުޅުން އަދިވެސް ދަނީ ގޯހުން ގޯހަށް ގޯސްވަމުންނެވެ.

އަފްޣާނިސްތާނުގައި 20 އަހަރު ވީ ހަނގުރާމަ ނިމުމަކަށް ގެނެސް، އެމެރިކާއިން އަފްޣާނިސްތާނުގައި ހިންގާ މިޝަންތައް ބައިޑަން ނިންމެވި ނިންމެވުމުން އެގައުމު ވަނީ ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިފައެވެ. ތާލިބާނުން ވަނީ ކުރިއަށް ވުރެން ބާރުގަދަ ވެފައެވެ. އަފްޣާނިސްތާނަށް ވަނީ އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ބައިޑެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އެމެރިކާގެ ކޮންގްރެސްގައި ވާދަވެރިން ވަނީ ހުރަސްތަކެއް ކުރިމަތި ކޮށްފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ސަބަބުން، ބައިނަލްއަގުވާމީ ވެކްސިން ރޯލްއައުޓްތައް ފެއިލްވެފައި ވެއެވެ. މިކަމުގައިވެސް އެމެރިކާއަށް ލީޑާޝިޕް ދައުރެއް ދެއްކިފައެއް ނުވެއެވެ.

އެމެރިކާގެ ފޮރިން ޕޮލިސީގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި ބައިޑެންއަށް ކާމިޔާބުވެފައި ވަނީ މަދު ދާއިރާތަކެކެވެ. އެމެރިކާގެ ވެކްސިން ޕްރޮގްރާމު ކުރިއަށް ގެންގޮސް، ކޮވިޑް މެނޭކޖް ކުރުމުގައި ކާމިޔާބުވިއެވެ. ނަމަވެސް ބައިނަލްއަގްވާމީ މަސްރަހުގައި ނާކާމިބު ވެފައި ވެއެވެ. ހަމައެފަދައިން އެންމެ ބޮޑު ނާކާމިޔާބީއެއް ލިބިވަޑައިގެންފައި ވަނީ އަފްޣާނިސްތާނާއި އިންސާނީ އެހީ ދިނުމުގެ ދާއިރާއާއި މެދު އިރުމަތީގައެވެ. މި ފަރާތްތަކުން ބައިޑެންގެ ސިޔާސަތަށް މި ތަންތަނަށް ދީފައިވަނީ ސީ ގްރޭޑެކެވެ.

ޗައިނާއާއި ޔޫރަޕްގެ ސިޔާސަތަށް ބީ ގްރޭޑެކެވެ. ރަޝިޔާގެ ސިޔާސަތަށް އޭ ނުވަތަ ބީ ޕްލަސް އެކެވެ،

ބައިޑެންގެ ފޮރިން ޕޮލިސީ ފެއިލްވެފައިވާ އަނެއް ދާއިރާއަކީ އެފްރިކާއެވެ. އެފްރިކާ ޕޮލިސީއަށް ލިބިފައި ވަނީ ސީ ގްރޭޑެކެވެ. ލެޓިން އެމެރިކާގެ ޕޮލިސީއަށްވެސް ލިބިފައި ވަނީ ހަމަ އެވަރުގެ ގްރޭޑެކެވެ،

ބައިޑެންގެ އދ ޕޮލިސީއަށް ބީ ގްރޭޑެއް ލިބިފައި ވެއެވެ. އެކަމަކު ޑިމޮކްރެސިއާއި ވެރިކަން ހިންގުމުގައި އޭނާއަށް ލިބިވަޑައިގަތީ ސީއެކެވެ.