ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކޮވިޑު-19 ޕޮޒިޓިވްވެއްޖެ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިނަށް ރައީސް ސާލިހާއި، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ފުރާވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވީ ނަމަވެސް ފުރުމުގެ ކުރިން ހަދާ ޕީސީއާރުގެ ނަތީޖާ ދެއްކި ގޮތުގައި ރައީސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ޓްވީޓެއް ކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުކަމަށާއި، މިވަގުތު ހުންނެވީ ގޭގައި އެކަހެރިވެގެން ކަމަށެވެ.