އެމެރިކާގެ މެރީލޭންޑްގައި އުމުރުން 49 އަހަރުގެ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. އޭނާ މަރުވެފައި އޮތީ އޭނާ ބަންދުކޮށްގެން ގެންގުޅުނު ވިހަގަދަ 125 ހަރުފަ ބަންދުކޮށްފައިވާ ކޮށިތައް ކައިރީގައެވެ.

އުމުރުން 49 އަހަރުގެ ޑޭވިޑް ރިސްޓަން ގެންގުޅު ހަރުފަތަކުގެ ތެރޭގައި އާދަޔާ ޚިލާފަށް ކަޅު ކުލައިގެ މަމްބާސް ވައްތަރުގެ އެފްރިކާގެ އެންމެ ވިހަގަދަ ހަރުފަ އަކާއި 14 ފޫޓުގެ ދިގު މިނުގެ ބަރުމާ ޕައިތަން އެއް ހިމެނެއެވެ.

އޭނާގެ މި ކަލެކްޝަންގައި ހިމެނުނު ބައެއް ހަރުފަތަކަކީ އާންމު ކޮށްގެން ގުޅުން މަނާ ޒާތުގެ ހަރުފަ ތަކެކެވެ.

މިމީހާއަކީ ހުއދަ ނަގައިގެން މި ހަރުފަތައް ގެންގުޅުނު މީހެކެވެ، ނަމަވެސް މެރީލެންދްގެ ގާނޫނު ބުނާ ގޮތުން ވިހަގަދަ ހަރުފަތައް ގެނގުޅުމަކީ މަނާ ކަމެކެވެ.

އޭނާ ގެންގުޅު ބްލެކް މަމްބާ ވައްތަރުގެ ހަރުފައިގެ ވިގައިގެ އެންމެ ދެ ތިކިވެސް މީހަކު ވަގުތުން މަރުވުމަށް ފުދެއެވެ.

އަދި އޭނާ ގެންގުޅުނު ވައްތަރުގެ ސްޕިޓިންގ ކޯބްރާއަކީ ދިހަ ފޫޓު ދުރަށް އޭގެ ވިހަ ސްޕްރޭ ކޮށްލެވޭ ވައްތަރުގެ ހަރުފައެކެވެ.

މި ތަން ބަލަން ދިޔަ ފުލުހަކު ބުނގޮތުގައި މިއީ އޭނާގެ 30 އަހަރުގެ ޚިދުމަތުގައި މިހާ ގިނަ ވައްތަރިގެ ނުރައްކާ ހަރުފަތައް އެއްތަނަކުން ފެނުނު ފުރަތަމަ ފަހަރެވެ.