ކޮވިޑް-19 ޖެހިގެން މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ މީހަކު ރޭ މެންދަމު 3:00 ޖެހި އިރު މަރުވެފައިވާ ކަމަށެވެ.

މަރުވެފައިވަނީ އުމުރުން 42 އަަހަރުގެ ދިވެހި އަންހެނެއް ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

މިއީ ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވި 270 ވަނަ މީހާ އެވެ.