ކޮވިޑްގެ އާ ވޭރިއަންޓެއްކަމަށްވާ އޮމިކްރޯންއަށް ރާއްޖެއިން ނެގުނު ސާމްޕަލްތަކުގެ ތެރެއިން 74 ސާޕްޕަލް ޕޮޒިޓިވް ވެފައިވާއިވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ އެޖެންސީގެ އެޕިޑެމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިހާތަނަށް ފޮނުވި 1196 ޕޮޒިޓިވް ސާމްޕަލްގެ ތެރެއިން 74 ކޭސް އޮމިކްރޯން އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މީގެ ތެރެއިން މިމަހުގެ 11 ވަނަ ދުވަހު ފޮނުވުނު 100 ސާމްޕުގެ ތެރެއިން 51 ސާމްޕަލް ކޯވިޑަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.

ޑރ. އަފްޒަލް އިތުރަށް ވިދާޅުވީ މި ދުވަސްވަރު ޕޮޒިޓްވާ މީހުން އިތުރުވުމާއި އޮމިކްރޯން އަށް ޕޮޒިޓިވްވާ މީހުން އިތުރު ވުމަކީ އެ ވޭރިއަންޓްގެ ހަލުވި ކަމާއިއެކު ފެތުރެމުންދާ މިންވަރު ހާމަވެގެންދާ ކަމެއް ކަމަށެވެ.

އޮމިކްރޮން ކޭސްތައް ފެނުނު ރަށްތަކުގެ ތެރޭގައި މާލެ އާއި ކ. މާފުއްޓާއި ދ. ކުޑަހުވަދޫ އާއި އައްޑޫ ސިޓީ އާއި ލ. ގަމާއި ލ. މުންޑޫ އާއި ލ. އިސްދޫ، ހދ. ވައިކަރަދޫ، ހދ. ނޮޅިވަރަމް، ފ. މަގޫދޫ، ކ. ތުލުސްދޫ ހިމެނެއެވެ.