ޓޮންގާގެ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ވެރިރަށް ނުކޫއަލޯފާގެ އުތުރުގައި އޮންނަ ވޮލްކެނިކް އައިލެންޑު ފުނޑުފުނޑުކޮށްލާފައިވާ ކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނެއެވެ.
އެ ފަރުބަދަ ގޮވުމުގެ ސަބަބުން އެ ޖަޒީރާއަށް ވިހަ ގަދަ އަޅީގެ ފަށަލައެއްގައި ލެވިފައިވެއެވެ. އަދި މީރުފެނާއި ދަނޑު ގޮވާން ހަލާކުވެ، މަދުވެގެން ދެ ވިލެޖެއް އެއްކޮށް ނެތިގެން ހިނގައިދާނެ ކަމަށް ބެލެވެއެވެ.
ޓޮންގާ ގެ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން އުފެދުނު ގޮވުމަކީ، ހީރޯޝީމާއަށް އެމެރިކާއިން އެޅި އެޓޮމިކް ބޮމުގެ ބާރު ކަނޑުވާލާ ވަރުގެ ގޮވުމެއް ކަމަށްވެސް ނާސާއިން ބުނެއެވެ.
ނާސާގެ އާރތް އޮބްޒަރވޭޓަރީން ބުނީ، މި އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން، 40 ކިލޯމީޓަރު (25 މޭލު) މައްޗަށް ވައްވުގެ ތެރެއަށް ކުނިތައް ބުރައިގެން ދިޔަ ކަމަށެވެ، އަދި ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުގެ މި ގޮވުމުގެ ސަބަބުން ސުނާމީގެ ބިޔަ ރާޅުތައް އުފެދިފައި ވެއެވެ.
ނާސާގެ ސައިންޓިސްޓަކު ބުނިގޮތުގައި މި އަލިފާން ފަރުބަފދަ ގޮވުމުގެ ސަބަބުން ބޭރުވެގެން ދިޔަ ހަކަތައިގެ މިންވަރަކީ، ގޮވާ ޓީއެންޓީގެ ފަސް މެގަޓަން 30 މެގަޓަން (ފަސް މިލިއަން ޓަނާއި އާއި 30 މިލިއަން ޓަނާ ދެމެދުގެ) ބާރުގަދަ ގޮވުމެއް ކަމަށެވެ.
މިއީ އޮގަސްޓް 1945ގައި އެމެރިކާއިން ހޮރޮޝިމާއަށް އެޅި ބޮމުގެ ގޮވުމަށް ވުރެން އެތައް ސަތޭކަ ގިނަ ބާރުގަދަ ގޮވެއްކަމަށްވެސް ނާސާ ސައިންޓިސްޓުން ބުނެއެވެ. ހިރޮޝިމާގެ އެޓޮމިކް ބޮމުގެ ގޮވުމަކީ އެންމެ 15 ހާސް ޓަނުގެ ބާރު ހުރި ގޮވުމެކެވެ.