ޖަރުމަންވިލާތުގެ މަންހައިމް ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓުން ބުނީ އެ ސިޓީގެ ނިއުހެއިމް ފެލްޑް ސަރަހައްދުގައި ބަޑި ޖެހުމުގެ ހާދިސާއެއް ހިނގާފައިވާ ކަމަށާއި އެހެންކަމުން އެ ސަރަހައްދުން މީހުން ދުރުވުމަށް ނަސޭހަތްތެރި ވާ ކަމަށެވެ.
ބަޑީގެ ހަމަލާދިން މީހަކު އެތައް ބަޔަކު ޒަޚަމް ކޯށްފައިވާ ކަމަށް ލަފާ ކޮށްފައި ވެއެވެ. އަދި ފުލުހުން ދަނީ މި ސަރަހައްދުގައި އޮޕަރޭޝަނެއް ހިންގަމުން ކަމަށްވެސް ބުނެފައި ވެއެވެ.
މި ބަޑި ޖެހުމުގައި ބައިވެރިވެފައިވަނީ އެންމެ މމީހެކެވެ. މިމީހާ ވަނީ ހެއިޑެލްބަރގް ގައި ލެކްޗަރ ހޯލެއްގައި ބަޑި ޖަހައި އެތައް ބަޔަކު ކޮށްފައި ކަމަށް މީޑިއާ އިން ބުނެއެވެ.