އިނގިރޭސި ކެބިނެޓުން މުސްލިމު ވަޒީރަކު ވަކި ކުރި މައްސަލަ ބަލަން އިނގިރޭސި ބޮޑު ވަޒީރު އަންގަވައިފއެވެ.

ނުސްރަތު ޣަނީ، ތުހުމަތު ކުރައްވާ ގޮތުގައި އެކަމަނާގެ ވަޒީރުކަމުގެ ވަޒީފާއިން ވަކި ކޮށްފައި ވަނީ އެކަމަނާ މުސްލިމެއް ކަމުގައި ވާތީއެވެ.

2018 ވަނަ އަހަރު ނުސްރަތު ޣަނީ ވަނީ ޑިޕާޓްމެންޓް އޮފް ޓްރާންސްޕޯޓްގެ ޕާލިމެންޓަރީ އަންޑަރ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމަށް އައްޔަން ކޮށްފައެވެ. އިނގިރޭސިވިލާތުގެ ތާރީހުގައި ފުރަތަމަ މުސްލިމް ވަޒީރަކީ ނުސްރަތު އެވެ. ނަމަވެސް 2020 ވަނަ އަހަރު ކެބިނެޓަށް ގެނައި ބަދަލަކާ ގުޅިގެން އެކަމަނާއަށް ވަނީ މަގާމު ގެއްލިފަ އެވެ.

ދާދި ފަހުން ސަންޑޭ ޓައިމްސް އަށް އެކަމަނާ ވިދާޅުވީ މަގާމު ގެއްލި ފައި ވަނީ އެކަމަނާ މުސްލިމަކަށްވީތީއެވެ.