ދުނިޔޭގެ އިޤްޠިޞާދާއި ތަރައްޤީގެ 152 އިންޑިކޭޓަރގައި ދުނިޔޭގައި އެއްވަނަ ހޯދާފައިވާ ގައުމަކީ ޔޫއޭއީކަމަށް ދުބާއީގެ އަމީރު ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމް ވަނީ މިއަދު އިއުލާން ކުރައްވާފައެވެ.

ދުބާއީގެ އަމީރު ޝެއިޚް މުޙައްމަދު ވިދާޅުވިގޮތުގައި ޔޫއޭއީގެ ކާމިޔާބީ އަކީ ހަމައެކަނި ޔޫއޭއީގެ ރައްޔިތުންގެ ކާމިޔާބީއެއް ނޫނެވެ. ނަމަވެސް އެއީ ހުރިހައި އަރަބިންގެވެސް ކާމިޔާބީއެއް ކަމަށެވެ.