ސައުދީ އަރަބިއްޔާގައި ބިދޭސީއަކު ކަސްބީޚާނާއެއް ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން އުޅޭ ކަމަށް ބުނެ ސައޫދީ ކަމާބެހޭ ފަރާތްތަކުން އެކަމާ މެދު ބަޔާނެއް ނެރެފިއެވެ.

މި ބަޔާނުގައި ބުނެފައު ވަނީ ސައޫދީ އަރަބިއްޔާއަށް ޚާދިމާއިންގެ ގޮތުގައި ގެންގުލެން ގެނައި ބަޔަކު އެމީހުން ގެންގުޅޭ ފަރާތްތަކަށް ފަލައިގެން އުޅުމުގެ ތެރޭގައި ޕާކިސްތާނުގެ ރައްޔިތަކު އެމީހުންގެ ނާޖާއިޒު ފައިދާ ނަގައިގެން ކަސްބީ މަސައްކަތް ކުރުވަމުން އައި ކަމަށެވެ.

ޕާކިސްތާން މީހާ ހިންގާ ކަސްބީޚާނާ ކަމަށް ބުނެ މީސްމީޑިއާގައި މީހުން ހިއްސާކުރި ވީޑިއޯއާ ގުޅިގެން ސައުދީ ގެ އެޓާނީ ޖެނެރަލް ޝެއިޚް ސައުދު ބިން އަބްދުالله އަލްއަހަލް ވަނީ، މި މަސައްކަތުގަައި އިސްކޮށް އުޅުނު ޕާކިސްތާން މީހާ ހައްޔަރުކޮށް، އޭނާއާ މެދު ގަވާއިދުން ފިޔަވަޅު އެޅުމަށް ޕަބްލިކް ޕްރޮސެކިއުޓާގެ އޮފީހަށް އަމުރު ނެރުއްވާފައި ކަމަށް ސައުދީ ގެ ޕަބްލިކް ޕްރޮސެކިއުޓާގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ސައޫދީގައި އިންސާނުންގެ ވަގުފާރި ކުރާ މީހުން 15 އަހަރަށް ޖަލަށްލައި ނުވަތަ އެއް މިލިއަން ރިޔާލައިން ޖުރިމާނާކޮށް ނުވަތަ މި ދެ އަދަބު އެކުގައިވެސް ދެވެއެވެ.