ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކޮވިޑް-19 ގެ ސާމްޕަލް ނަގާނެ އިތުރު ސެންޓަރެއް ހުޅުވާ މިއަދު އެތަނުގެ ހިދުމަތް ފަށާނެކަން ހާމަކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ، ހިޔާ ފްލެޓް ނަމްބަރު 8 ކައިރީގައި ސާމްޕަލް ނެގުމަށް އިތުރު ސެންޓެއް ހުޅުވާ މިއަދު 03:30 އިން ފެށިގެން އެތަނުން ސާމްޕަލް ނަގާނެ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ސާމްޕަލް ނަގާ ސެންޓަރުން ސާމްޕަލް ނަގާނީ މެންދުރުފަހު 03:30 އިން އިރުއޮށްސި 06:30 އަށެވެ.

މާލޭގައި ބާރު ސްޕީޑެއްގައި ކޮވިޑް-19 ފެތުރެމުން އަންނައިރު، އެޗްޕީއޭއިން އަންނަނީ ސާމްޕަލް ނަގާނެ އިތުރު ތަންތަން ހަމަޖައްސަމުންނެވެ.