ދުނިޔޭގެ އެންމެ ބޮޑު، އެންމެ ބާރުގަދަ ޖައްވީ ޓެލެސްކޯޕް، އޭގެ އެންމެ ފަހު މަންޒިލަށް ދަތުރުކޮށްފިއެވެ. މި ޓެލެސްކޯޕު މިހާރު ވަނީ އިރުގެ ވަށައިގެން ރައްކާތެރި ފަލަކެއްގައި ބަހައްޓާފައެވެ. ދުނިޔެއާ އެއް މިލިއަން މޭލު ދުރުގައި ވާ އޮބްޒަވޭޝަން ޕޯސްޓަށް ޖޭމްސް ވެބް ޓެލްސްކޯޕް އައިސްފައި މިވަނީ، ޖައްވީ ހޯދުންތަކެއް ހޯދުމަށް އުދުއްސާލިތާ މަހެއްހާ ދުވަސް ފަހުންނެވެ.

10 ބިލިއަން ޑޮލަރުގެ މި ޖައްވީ އޮބްޒަވޭޓަރީގައި ހުރި ލެންސްތައް ފަރުވާތެރިކަމާއެކު އޭގެ މަސައްކަތަށް އަމާޒުކޮށް ފަތުރައި ލެވޭނީ، ޖޫން މަހު ގައި ކަމަށް ނާސާއިން ބުނެއެވެ.