އެމެރިކާއިން އީރާނާއެކު ނިއުކްލިއަރ މަޝްވަރާތަކުގައި ސީދާ މަޝްވަރާތަކެއް ބާއްވަން ބޭނުން ވެއްޖެއެވެ. މެދުއިރުމަތީގައި މިސައިލް ޓެކްނޮލޮޖީއާއި ނިއުކްލިއަރގެ ރޮނގުން އެންމެ ކުރިއަރާފައިވާ ގައުމު އީރާނާއެކު ސީދާ މަޝްވަރާތައް ބޭއްވުމަށް މިއަދާހަމައަށް އެމެރިކާއިން ވަނީ ދެކޮޅު ހަދާފައެވެ. އަދި އީރާނުގެ ރޫހާނީ ލީޑަރުވެސް ވަނީ މިކަމަށް ދެކޮޅު ހައްދަވާފައެވެ.

އާޔަތުﷲ ޢަލީ ޚަމަނާއީ ވިދާޅުވެފައި ވަނީ ސީދާ ވާހަކަތައް އެމެރިކާއާއެކު ބާއްވައިފިނަމަ އެކަމުން އީރާނަށް ގެއްލުން ވާނެ ކަމަށެވެ.

ވިއެނާގައި ހިނގަމުންދާ ނިއުކްލިއަރ މަޝްވަރާތަކުގައި އެމެރިކާއިން އީރާނަށް ފޮނުވި ސިގްނަލްތަކުން ދޭހަވީ އީރާއެކު އެމެރިކާ އިށީންނަން ބޭނުންވާ ކަމަށެވެ. އީރާނުގެ ރޫހާނީ ލީޑަރުވެސް ވަނީ ނުސީދާ ކޮށް މިކަމަށް ރުހޭކަމަށް ވިދާޅުވެފައެވެ.

މިހާރު އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ އީރާނާއެކު އެއް މޭޒެއްގައި އިށީންނާނެ ކަމަށް ބުނެފައެވެ.

އީރާނުން ބުނެފައިވާ ގޮތުގައ އީރާނާ އެމެރިކާއިން ސީދާ މަޝްވަރާތައް ބާއްވައިފިނަމަ ގިނަ މައްސަލަތަކެއް އަވަހަށް ހައްލުވެގެން ހިނގާއިދާނެއެވެ.

އީރާނުގައި ބަންދުކޮށްފައިވާ އެމެރިކާގެ އީރާނުގެ އަސްލު ރައްޔިތުން ނަށްވެސް މި މަޝްވަރާތަކުން ފައިދާ ކުރާނެ ކަމަށް ބެލެވެއެވެ.

ޔޫކްރެއިންގައި އިރުމަތީ ޔޫރަޕްގައި ހޫނުވަމުންދާ މަސްރަހާއި އަދި ޗައިނާއާއެކު 20 އަހަރު ދުވަހަށް އީރާނުން އެކުލަވާލާ ތަރައްގީގެ އެއްބަސްވުމާއި، ސައޫދީއަރަބިއްޔާއިން ޗައިނާއާއެކު އުފައްދަމުންގެންދާ މިސައިލް ޕްރޮގްރާމަކީ، އެމެރިކާގެ ރައީސްގެ ޚާރިޖީ ސިޔާސަތަށް ހުރި ގޮންޖެހުންތަކެކެވެ. އޭނާގެ ސަރުކާރުގެ ވެރިކަމުގެ ފުރަތަމަ އަހަރު ވަޒަން ކުރިއިރުވެސް މުއްހަލިލުން ވަނީ ބައިޑެންގެ މެދު އިރުމަތީ ސިޔާސަތު ފެއިލްވެފައިވާ ކަމަށް ބުނެފައެވެ.

އީރާނާއެކު އެއްމޭޒެއްގައި އެމެރިކާއިން އިށީންނަނީ މަޖުބޫރުވެގެންނެވެ.