އެމެރިކާގެ ވޯލްމާޓްގެ ފިހާރައަކުން ވިޔަފާރި ކުރި އަންހެނެއްގެ ކުޑަދަރިފުޅު ގަންނަން އުޅުނު ކަމުގެ ތުހުމަތުގައި ޓެކްސަސްގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އުމުރުން 49 އަހަރުގެ ރެބެކާ ލަނެޓް ޓެއިލަރ ހައްޔަރުކޮށް، އޭނާގެ މައްޗަށް ދައުވާ އުފުލީ، ޖިނާޔަތުގެ ތިންވަނަ ދަރަޖައިގެ ކުށެއް ކޮށްފައިވާ ކަމަށް ބުނެއެވެ. އެއީ ކުއްޖަކު ގަންނަން އުޅުމުގެ ކުށުގެ ދައުވާގައެވެ. އޭނާ މިހާރު ވަނީ ޖަލަށް ލާފައެވެ. މިމައްސަލަ ވަނީ ޝަރިއަތުގައެވެ.

ޓެއިލަރ ވަނީ ވޯލްމާޓްގެ ސެލްފް ޗެކްއައުޓް ކައުންޓަރެއްގައި ޝޮޕިންގ ކާޓެއްގައި ހިފައިގެން ހުރި އަންހެނެއް ކަައިރިން އޭނާގެ ދަރިފުޅު ވިއްކާނީ ކިހާވަރަކަށްތޯ އަހާފައެވެ.

މި އަންހެން މީހާ ހުރީ އޭނާގެ އެއް އަހަރުގެ ފިރިހެން ދަރިފުޅު ގޮވައިގެންނެވެ. ކާރުގެ ފަހަތު ސީޓުގައި އޭނާގެ އަނެއް ދަރިފުޅު އިނެވެ.

މި ކުއްޖާގެ ބޮލުގެ އސްތަށި ގަނޑުގެ ކުލައިގެ ރީތިކަމާއި ލޮލުގެ ނޫކުލައާ ގަޔާވެގެން އެވާހަކަ ދައްކާފައެވެ. އަދި ކުއްޖާގެ މަންމަ ގާތުން މި ކުއްޖާ ވިއްކާނީ ކިހާވަރަކަށްހޭ އަހައި ސުއާލު ކޮށްފައެވެ.

"މި ވާހަކައަށް މަންމަ މަލާމާތުގެ ރާގަކަށް ރައްދު ދިނެވެ. ނަމަވެސް ޓެއިލަރ އޭނާގެ ގާތުގައި ބުނީ ކާރުގައި 250،000 ޑޮލަރު އެބައޮތް ކަމަށާއި އޭނާއަށް އެވަރަށް ފައިސާ ދެވޭނެ ކަމަށެވެ.