ކޮވިޑް ޖެހިގެން އދ. ދަނގެތިން މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ ރޭ ދަންވަރު 12:24 ހާއިރު އދ. ދަނގެތީ ހެލްތް ސެންޓަރުގައި ފަރުވާ ދެމުންދިޔަ މީހަކު މަރުވެފައިވާ ކަމަށެވެ. މަރުވެފައި ވަނީ އުމުރުން 50 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 272 އަށް އަރާފައެވެ.

ރާއްޖެއިން ގިނަ އަދަދެއްގެ ބަޔަކު މިދުވަސްވަރު ކޮވިޑް-19 އަށް ޕޮޒިޓިވް ވަމުން އަންނައިރު އިއްޔަވެސް ވަނީ 2609 މީހުން ބައްޔަށް ޕޮޒިޓިވް ވެފައެއެވެ.