ގޫގުލްގެ އެންޑްރޮއިޑް އަދި އެޕަލްގެ އައިއޯއެސްގެ ބަދަލުގައި އިންޑިއާއިން އަމިއްލަ އޮޕަރޭޓިން ސިސްޓަމެއް އުފެއްދުމަށް އިންޑިއާ ސަރުކާރުން ދަނީ ވިސްނަމުންނެވެ.

މިވަގުތު މޯބައިލް ފޯނުތަކުގައި އާންމުކޮށް ބޭނުން ކުރަނީ އެންޑްރޮއިޑާއި އައިއޯއެސްގެ އޮޕަރޭޓިންގ ސިސްޓަމްތަކެވެ.

އިންޑިއާ ސަރުކާރުން ބުނާ ގޮތުގައި މިފަދަ އޯއެސްއެއް ގެނައުމަށްޓަކައި ޕޮލިސީއަކާ ބެހޭ ގޮތުން އެކި ފަރާތްތަކާ އެކު ދަނީ މަޝްވަރާ ކުރެވެމުންނެވެ.

އިންޑިއާއިން ވަނީ އެގައުމުގެ އިލެކްޓްރޯނިކްގެ އުފެއްދުމާއި އެކްސްޕޯޓްވެސް 300 ބިލިއަން ޑޮލަރަށް އިތުރު ކުރުމަށް މަގުޗާޓެއް އެކުލަވާލާފައެވެ. މިވަގުތު އިންޑިއާގެ އިލެކްޓްރޯނިކްސް އެކްސްޕޯޓް އުޅެނީ ގާތްގަނޑަކަށް 15 ބިލިއަން ޑޮލަރުގައެވެ.