މީގެ 77 އަހަރު ކުރިން ގެއްލުނު މަތިންދާ ބޯޓެއް ފެނިއްޖެއެވެ. ޗައިނާގެ ކުންމިން އިން ފުރައިގެން ދަތުރުކުރި މިބޯޓު ސީ46 މަރުކާގެ ބޯޓު ގއްލިފއި ވަނީ އިންޑިއާގެ އަރޫނާޗަލް ޕްރަދޭޝްގެ ފަރުބަތަކުގެ ތެރެއަށެވެ. މި ބީޓްގައި ދަތުރުކުރި 13 މީހުންނާއެކު އެއިރު ވީނުވީއެއް ނޭނގި ބޯޓު ގެއްލުނީއެވެ.

މި ބޯޓު ހޯދުމަށް 2018 ގައިވެސް މަސައްކަތް ކުރިއެވެ. އެއިރުވެސް މަސައްކަތުގައި އުޅުނު މީހުން ކުއްލި ސުނޯގެ ތޫފާނެއްގައި ޖެހިގެން ޖާނާގެން ސަލާމަތްވީ ހަމަ ކިރިޔާއެވެ.

މި ބޯޓު ފެނިފައި ވަނީ ސުނޯއިން ވަށާލެވިފައިވާ ފަރުބަދައެއްގެ މަތިންނެވެ.

ބޯޓުގެ ބައިތައް ފެނުނު ނަމަވެސް އޭގެތެރޭން އިންސާނެއްގެ އެއްވެސް ބައެއް ފެނިފައެއް ނުވެއެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އިންޑިއާއާއި ޗައިނާއާއި ބަރުމާގެ ސަރަހައްދުގައި ޖަޕާނުން އެތައް ސަތޭކަ މަތިންދާބޯޓެއް ވައްޓާލާފައި ވެއެވެ. މިއިން ބައެއް ބޯޓްތައް ފެނިފައި ވެއެވެ. އެކަމަކު އަދިވެސް އެތައް ބޯޓެއް ނުފެނވެއެވެ.