ގައުމުތަކުން ދަތުރުފަތުރު ކުރުމުގައި އަޅާފައިވާ ހުރަސްތައް އަވަހަށް ނައްތާލުމަށް އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން އިއާޓާއިން ގޮވާލައިފިއެވެ.

އިއާޓާއިން އެދިފައި ވަނީ ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާއިން ގަބޫލުކުރާ ވެކްސިނެއް ފުރިހަމަ ކޮށްފައިވާ މީހުން، ކަރަންޓީން ކުރުމަށާއި ޓެސްޓު ކުރުން ފަދަ ފިޔަވަޅުތަކެއް އުވާލުމަށެވެ.

އަދި އިއާޓާއިން އެދިފައި ވަނީ ވެކްސިން ނުޖަހާ މީހންނަށްވެސް ދަތުރު ކުރެވޭ ގޮތަށް ހަމަޖެއްސުމަށާއި ނަމަވެސް އެމީހުން ނެގެޓިވް ޕީސީއާރް ޓެސްޓެއް ހެދުމަށެވެ. އަދި ކަރަންޓީނު ވުން އުވާލަ ދިނުމަށެވެ.

މީގެ އިތރުން ދަތުރުފަތުރުކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ދަތުރުފަތުރުކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުން އަވަސްކުރުމަށް ވެސް އެ އިއާޓާއިން ވަނީ ސަރުކާރުތަކަށް ގޮވާލާފަ އެވެ.