ސްރީލަންކާގެ ބުދު ދީނުގެ މީހުން އަޅުކަމަށް ޕާކިސްތާންގެ ބުދު ދީނުގެ މަރުކަޒުތަކަށް ޒިޔާރަތް ކުރުން ގިނަ ކުރުމަށް ޕާކިސްތާންގެ ބޮޑު ވަޒީރު ސްރީލަންކާގެ ބުޑިސްޓުންނަށް ދައުވަތު ދެއްވައިފިއެވެ.
ބޮޑު ވަޒީރު އިމްރާން ޚާންގެ މި ދައުވަތު އައިސްފައި ވަނީ އިސްލާމްއާބާދަށް ޒިޔާރަތް ކުރައްވާ ސްރީލަންކާގެ ސްރީލަންކާގެ މިނިސްޓަރ އޮފް ޓްރޭޑް ޑޮކްޓަރ ބަންޑޫލާ ގުނަވަރުދަނައާއި، ރީޖަނަލް ކޯޕަރޭޝަންގެ ސްޓޭޓް މިނިސްޓަރ ތަރާކާ ބާލަސޫރިއާ ބޮޑު ވަޒީރަށް ކުރެއްވި އިޙުތިރާމްގެ ޒިޔާރަތު ގައެވެ.
ޕާކިސްތާނާއި ސްރީލަންކާގެ ސަގާފީ ގުޅުމުގެ މައްޗަށް އިޝާރާތް ކުރައްވައި، އިމްރާން ޚާން ވިދާޅުވީ ދީނީ ފަތުރުވެރިކަމުގައު ސްރީލަންކާގެ ބުޑިސްޓުން ޕާކިސްތާނަށް ޒިޔާރަތް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.
ޑރ ގުނަވަރުދަނާގެ އަރިހުގައި ސްރީލަަންކާގެ ވިޔަފާރިވެރިންގެ ވަފްދެއްވެސް އިސްލާމްއާބާދަށް ޒިޔާރަތް ކުރެއެވެ.
ބޮޑުވަޒީރު އިމްރާން ޚާން ވަނީ ޕާކިސްތާނާއި ސްރީލަންކާއާ ދެމެދުގެގ މިނިވަން ވިޔަރފާރީގެ އެއްބަސްވުމގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށްޓަކައި، ދެޤައުމުގެ ވިޔަފާރީގެ ގުޅުން ތައް އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަ ކުރައްވާފައެވެ.