އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވެއްޖެއެވެ. އަދި އޭނާއާ އެންމެ ފަހުން ކޮންޓެކްޓްވި ހުރިހާ ފަރާތްތަކުން ވެސް މުނާސިބު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރައްވާފައި ވެއެވެ.
މީގެ ކުރިން ޖައިޝަންކަރު ވަނީ ވާޗުއަލް އިވެންޓެއްގައި ބައިވެރިވެވަޑައިގެން ފަރަންސޭސި ޚާރިޖީ ވަޒީރާއެކު އިންޑޯ ޕެސިފިކް ސަރަހައްދުގައި ޔޫރަޕާއި އިންޑިއާ ގެ ޕާޓްނަރޝިޕްގެ ނަމުގައި ވާޗުއަލް އިވެންޓެއް ވެސް ކުރިއަށް ގެންދަވާފައެވެ.