ބޭނުންވާތަކެތި

1 ކިލޯ ކުކުޅު ފައި

10 ލޮނުމެދު

2 އިންޗި އިނގުރު

2 ހިކަނދިފަތް

1 މޭޒުމަތީސަމުސާ ގަރަމް މަސާލާ

2 މޭޒުމަތީސަމުސާ ކޮތަނބިރި (މުގުރި)

½ 2 މޭޒުމަތީސަމުސާ މުގުރި މިރުސް

3 މޭޒުމަތީސަމުސާ ޕްލޭން ޔޯގަޓް

3 މޭޒުމަތީސަމުސާ ބޭސަން ފްލާ

½ 2 މޭޒުމަތީސަމުސާ ކޯންފްލާ

1 މޭޒުމަތީސަމުސާ ލުނބޯ ހުތް

ރަހަލާވަރަށް ލޮނު

ތެއްލަން ތެޔޮ

ތައްޔާރުކުރާނެގޮތް

ލޮނުމެދު، އިނގުރު، ހިކަނދިފަތް، ގަރަމް މަސާލާ، ކޮތަނބިރި ، މުގުރި މިރުސް، ޕްލޭން ޔޯގަޓް ލޮނުކޮޅެއް އަޅައިގެން މިކްސަރުގައި ހިމުން ކޮށް، ޕޭސްޓް ހަދާށެވެ. ދެން ކުކުޅު ފައިތަކުގައި ޅިޔަ އެޅުމަށްފަހު ތައްޔާރުކުރި ޕޭސްޓާއި ބޭސަން ފްލާ، ކޯން ފްލާ، ލުނބޯހުތް ޖަހައިގ ލޮނުކޮޅެއްވެސް ލައިގެން ކުކުޅުފައިތަކުގައި ރަނގަޅަށް އުނގުޅާލާށެވެ. ވަރަށް ރަނަގަޅަށް ހަވާދުތައް ފައިތަކުގެ ޅިޔަތަކުގެ އެތެރެއަށް ވަންނަ ގޮތަށެވެ. އެއަށްފަހު މަތިޖެހި ތައްޓެއްގައި ކުކުޅު ފައިތައް މެރިނޭޓްކުރަން 2 ގަޑި އިރު ބަހައްޓާށެވެ. އެއަށްފަހު ތާހަކަށް ތެޔޮ އަޅައި ހޫނުވުމުން މެރިނޭޓު ކުރި ކުކުޅުފައިތައް ރަނގަޅަށް ތެއްލާލާށެވެ.