ހޮންޑިއުރާސްގެ ފުރަތަމަ އަންހެން ރައީސާކަމަށް ޒިއޮމާރާ ކާސްޓްރޯ ހުވާ ކުރައްވައިފިއެވެ. އޭނާ ވަނީ ހިޖުރަކުރުމާ ދެކޮޅަށާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށާއި އަދި އެމެރިކާ ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށް ވައުދުވެވަޑައި ގެންފައެވެ. މި ރަސްމިއްޔާތުގައި އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސްވެސް ބައިވެރިވެ ވަޑައިގަތެވެ.

ކާސްޓްރޯގެ ކުރިން އަށް އަހަރު ވަންދެން ވެރިކަމުގައި ހުންނެވީ، ހުއާން އޯލަންޑޯ ހެނާންޑޭޒްއެވެ. އޭނާއަކީ ކުރިން އެމެރިކާގެ ގާތް ބަައިވެރިއެކެވެ. ނަމަވެސް ކޮރަޕްޝްންގައި އެމެރިކާގެ ކޯޓުތަކުން އޭނާއަށް ތުހުމަތު ކުރެއެވެ. އަދި ޑްރްގް ވިޔަފާރީގެ މީހުންނާ އޭނާ ގުޅުން ބާއްވާކަމަށްވެސް ބުނެއެވެ.

ކާސްޓްރޯ ހުވައި ކުރެއްވިއިރު އޭނާއާއެކު އޭނާގެ ފިރިކަލުން ކުރީގެ ރައީސް މެނުއެލް ޒެލަޔާ ހުންނެވިއެވެ.

ކާސްޓްރޯ ކުވާ ކުރައްވައި ވިދާޅުވީ ގައުމުގެ އިގްތިސާދީ މައސަލަތައް ހައްލުކޮށް ދެއްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އޭނާއަށް ވާރުތަވަމުން އަންނަ އިގުތިސޯދީ ކާރިސާއަކީ ހޮންޑިއުރާސްގެ ތާރީހުގައި އެފަދަ ދެވަނައެއް ނެތް ފަދަ ކާރިސާއެއްކަމަށެވެ.

ހިންޑިއުރާސްއަކީ ޓައިވާނާ ސިޔާސީ ގުޅުން ގާއިމްކޮށްފައިވާ ގައުމެއްކަމުން ޗައިނާއާއެކު ބާއްވަން ޖެހޭ ގުޅުމަކީވެސް ކާސްޓްރޯގެ ސަރުކާރަށް ދިމާވާނެ ގޮންޖެހުމެކެވެ،

އެމެރިކާއިން ވަނީ ހޮންޑިއުރާސްއަށް ސިރިންޖާއި ވެންސިން އަދި 1.3 މިލިއަން ޑޮލަރުގެ ސިއްޙީފަރުވާގެ އެހީ ދޭނެކަމަށް ބުނެފަައެވެ. މީގެ އިތުރން ކާސްޓްރޯގެ ސަރުކާރަށް އެމެރިކާއިން ތާއީދުކުރާނެ ކަމުގެ ޔަގީންކަންވެސް ދީފައި ވެއެވެ.