ށ. ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށުގެ ނެރު ފުންކޮށް ނިމިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެެއެވެ.

ފޯކައިދޫ ބަނދަރު މަސައްކަތް ކުރިއަށްދަނީ: ފޮޓޯ އެމްޓީސީސީ

އެކުންފުނީން ވިދާޅުވީ ނެރު ފުންކުރުމުގެ އިތުރުން ބަނދަރުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް މިހިނގާ ޖަނަވަރީ 25 ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައި ކަމަށެވެ. ބަނދަރުގައި މިހާރު ކުރިއަށްދަނީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކަމަށް ވެސް އެމްޓީސީސީން ވިދާޅުވިއެވެ.

ށ. ފޯކައިދޫ ބަނދަރު މަސައްކަތް ކުރިއަށްދަނީ: ފޮޓޯ އެމްޓީސީސީ

މި މަޝްރޫޢުގެ ދަށުން، 45،795 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 507 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 2320 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތިއާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ.

މިއީ 52.7 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށް ވެސް އެމްޓީސީސީން ވިދާޅުވެފައިވެއެވެ. މި ބަނދަރުގެ ބޮޑުބައެއްގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ.