މާފުށީ ޖަލުގައި ކޮވިޑް-19 ފެތުރެމުން އަންނައިރު މިވަގުތު 166 މީހަކަށް ބަލި ޖެހިފައިވާ ކަމަށް މޯލްޑިވްސް ކަރްކެޝަނަލް ސާވިސަސް އިން ބުނެފި އެވެ.

ކަރެކްޝަނަލް ސާވިސަސްއިން މާފުށީ ޖަލުގެ ކޮވިޑް އަޕްޑޭޓް ދެމުން ބުނެފައި ވަނީ މިވަގުތު 156 ގައިދީއަކަށް ބަލި ޖެހިފައި ތިބި ކަމަށެވެ. އަދި 10 ޕްރިޒަންސް އޮފިސަރަކު ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.ގައިދީންގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓް ވެގެން 82 މީހަކު ތިބީ ކަރަންޓީނުގަ އެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 116 ގައިދީއަކު ބަލިން ފަސޭހަވެފައިވާ ކަމަށް ވެސް ކަރެކްޝަންސް އިން ވަނީ ބުނެފަ އެވެ.މާފުށީ ޖަލުގައި ކޮވިޑް ފެތުރެމުންދާތީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަދި ކަރެކްޝަންސްގެ އުސޫލުތަކުގެ ދަށުން ފިޔަވަޅުތައް އަޅައި، މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ވަނީ ކުއްލި ހާލަތަށް ގެނެސްފަ އެވެ.