ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަަށް ހުކުމް އިއްވުން އަވަސްކޮށްފިއެވެ.

އެމަނިކުފާނުގެ މައްޗަށް އުފުލާފައިވަނީ ވ އަތޮޅު އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތު ހިމެނޭކަމުގެ ތުހުމަތުގައެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވިދާޅުވެފައުވަނީ ނޮވެންބަރުމަހުގެ 25 ވަނަ ދުވަހަށް ތާވަލް ކޮށްފައިވާ، އެ މައްސަލާގެ ހުކުމް އަވަސް ކޮށްފައިވަނީ އަންނަ ޖޫން މަހަށް ކަމަށެވެ.

އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލައިފައިވަނީ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

އާރަށް މައްސަލާގައި ޔާމީނަށް ކުރާ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ، ތިން އަހަރުގެ ޖަލު ހުކުމެއް އަދި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެއްޖެ ނަމަ، މަދުވެގެން ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އާރަށް މައްސަލާގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މައްސަލާގައި ވެސް ޔާމީނަށް ވަނީ ދައުވާކޮށްފަ އެވެ. އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.