ކޮވިޑް-19 ގައި އިތުރު ދިވެއްސަކު މަރުވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މި ބަލީގައި އެންމެފަހުން މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 74 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މިއީ މި ބަލީގައި ރާއްޖެ އިން މަރުވި 277 ވަނަ ފަރާތެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑްގެ 17،000 އަށް ވުރެ ގިނަ އެކްޓިވް ކޭސް އުޅޭއިރު، 53 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.