ރ. ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ ބަނދަރުގެ އެއްގަމުތޮށި ލުމަށްބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް 29 ޖެނުއަރީ 2022 ވަނަ ދުވަހު ވަނީ ނިމިފައި ކަމަށް އެމަސައްކަތް ކުރައްވަމުން ގެންދަވާ އެމްޓީސީސީން ވިދާޅުވެއްޖެއެވެ. އޭގެ އިތުރުން މިހާތަަނަށް ވަނީ ބޭރުތޮށި ލުމުގެ މަސައްކަތުގެ 82 ޕަސެންޓް ވަނީ ނިމިފައެވެ. އަދި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 69 ޕަސެންޓް ވަނީ ނިމިފައި ކަމަށް ވެސް އެކުންފުނީން ވިދާޅވިއެވެ.

މި މަޝްރޫޢުގެ ދަށުން، 8100 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 377 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާނެއެވެ. އޭގެ އިތުރުން 600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި ހަރުކުރުން ވެސް ހިމެނެއެވެ. އަދި މަގުބައްތި ހަރުކުރުމުގެ މަަސައްކަތް ވެސް ހިމެނެއެވެ. މި މަޝްރޫޢުގެ މުޅި މަސައްކަތުގެ ޖުމަލް 80 ޕަސެންޓް މިހާރު ވަނީ ނިމިފައެވެ.

މި މަޝްރޫޢަކީ 28.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.