މިނިމަމް ވޭޖާއެކު ފެނަކައިގެ މުވައްޒަފުންގެ މުސާރައަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ފެނަކައިން ހާމަކޮށްފިއެވެ.

ފެނަކައިން ހާމަކޮށްފައިވާގޮތުން މިނިމަމް ވޭޖް ތަންފީޒު ކުރުމުން އެ ކުންފުނީގެ 3346 މުވައްޒަފެއްގެ މުސާރައަށް ބޮޑު ކުރިއެރުމެއް ލިބިފައިވެއެވެ.

އެގޮތުން މީގެކުރިން ބޭސިކް ސެލެރީއަށް 2800 ރުފިޔާ ލިބޭ މުވައްޒަފުންނަށް ނެޓް ސެލެރީގެ ގޮތުގައި 5590 ރުފިޔާ ލިބުނުއިރު، މިފަހަރު މިނިމަމް ވޭޖާއެކު ބޭސިކް ސެލެރީ 4650 އަށް ބަދަލުވެ ނެޓް ސެލެރީވަނީ 9222.83 ރުފިޔާއަށް ބޮޑުވެފައެވެ.

މިނިވަން ވޭޖް އިއުލާން ކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހުއެވެ. މިނިމަމް ވޭޖާ އެއްގޮތަށް އަމަލު ކުރަން ފަށަން ޖެހެނީ މި އަހަރުން ފެށިގެންނެވެ.