ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ ހުޅުމާޅެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު މަރުވެފައިވާކަމަށެވެ.

އެގޮތުން މަރުވެފައިވަނީ އުމުރުން 73 އަހަރުގެ ސްރީލަންކާއަށް ނިސްބަތްވާ ފިރިހެނެއް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. މިއާއެކު ރާއްޖޭގައި ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 278 ކަށް އަރާފައެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 141،060 އަށް އަރާފައެވެ.