އަންހެނަކަށް އޭނާގެ ފިރިމީހާ ގެވެށި އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
އަންހެން މީހާ ދިިރިއުޅޭ ގެއިން ނެރެ އޭނާ ފަރުވާއަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެެއްވެސް ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އަންހެން މީހާ ލައިގެން ހުރި ހެދުމުގައި ވަރަށް ގިނައިން ލޭ ހުރި މަންޒަރު ފެނެއެވެ.
ފުލުހުންގެ ހިދުމަތުން ބުނީ މާލޭގެ ގެއެއްގައި ބިދޭސީ އަންހެނަކަށް އޭނާގެ ފިރިމީހާ ގެވެށި އަނިޔާކުރި މައްސަލައެއް މިއަދު ހެނދުނ އެ އިދާރާއަށް ހުށައަޅާފައިވާ ކަމަށެވެ. އަނިޔާ ލިބުނު އަންހެން މީހާ ފުލުހުންގެ އެހީތެރިކަމުގައި އައިޖީއެޗްއެޗަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ވެސް ބުންޏެވެ.މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ބުންޏެވެ.