ހުޅުމާލެ ފްލެޓަކުން ވައްކަން ކޮށް 1،300 އަށް ވުރެ ގިނަ ޑޮލަރާއި ތިން ފޯނު ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނެފައިވަނީ ހުޅުމާލެ 113 ވަނަ ފްލެޓުން ވައްކަން ކޮށްފައިވާކަމުގެ މައުލޫމާތު ރޭ ދަންވަރު 03:19 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

އެގޮތުން އެ ފްލެޓުން 1300 އަށްވުރެއް ގިނަ ޑޮލަރާއި ތިން ފޯނު ވަގަށް ނަގާފައިވާކަމަށެވެ.

ފުލުހުން ބުނެފައިވަނީ އެ މައްސަލައިގައި އަދި މީހަކު ހައްޔަރު ކޮށްފައިނުވާކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށެވެ.