ގދ. ފަރެސްމާތޮޑާގައި ސަރުކާރުން އަޅަމުން ގެންދާ އެއާޕޯޓުގެ ޓާމިނަލް ބިންޑިން އެޅުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށް އެބަދެއެވެ.

ފަރެސްމާތޮޮޑާ އެއާޕޯޓުގައި ބިނާކުރާ ޓަރމިނަލް އަކީ މުޅިން ތަފާތު ޑިޒައިނަކަށް އަޅާ ތަނެކެވެ. މީގެ ކުރީން މިފަދަ ޑިޒައިނަކަށް ރާއްޖޭގެ އެއާޕޯޓެއްގެއް ޓަރމިނަލް އަަޅައިފައެއް ނުވެއެވެ. މިމަސައްކަތް މީގެ 4 ދުވަސްކުރިން ފެށިކަމަށް ވިޔަސް މިކަން ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މާާދަމާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި މަސައްކަތް ނިންމާލެވޭނޭ ދުވަހެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.

މި އެއާޕޯޓުގެ މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ. އެކުންފުނީގެ ސީއީއޯ ވިދާޅުވެފައިވަނީ މިއަހަރުގެ ޖުލައި 26 ނުވަތަ ރާއްޖޭގެ މިނިވަން ދުވަހަށް އެއާޕޯޓު ހުޅުވޭތޯ މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ. އެއާޕޯޓުގެ މަސައްކަތް ނިންމައި ހަވާލު ކުރާނީ ރަސްމީކޮށް ޝެޑިއުލް ފުލައިޓު ޖެއްސޭވަރަށް މުޅިން ނިންމާފައި ކަަމަށް އޭނާ ވިދާޅުވިއެވެ.

އެއާޕޯޓުގެ އޭބީސީ ފަށަލައިގެ މަސައްކަތް މިހާރު ވަނީ މުޅިން ނިމިފައެވެ. ދެންކުރިއަށްދާނީ ތާރު އެޅުމުގެ މަސައްކަތެވެ. މިހާރު ކުރިއަށްދަނީ ފަޔަރބިލްޑިންގާއި ޓަރމިނަލްގެ މަސައްކަތެވެ.

ފަރެސްމާތޮޑާގައި އެއާޕޯޓެއް ހަދަނީ މޫދު ހިއްކައިގެން ފަސް ފަޅުރަށެއް ގުޅުވައިގެންނެވެ. އެމްޓީސީސީން ފުރަތަމަ މަސައްކަތްކުރީ މިދިޔައަހަރު ނޮވެމްބަރަށް އެއާޕޯޓު ނިންމުމަށެވެ. މި އެއާޕޯޓުގެ މަސައްކަތުގެ އަގަކީ 144.88 މިލިއަން ރުފިޔާއެވެ.