ށ. ފޯކައިދޫގައި ކުރީން ބޭނުން ކުރަމުން އައި ޒަމާންވީ ބައު އިންޖީނުގެ ނިއްވާލައި ޒަމާނީ އައު އިންޖީނުގެ އާއި އޮފީސް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ. އެތަން ހުުޅުވައިދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ.
ކުރީން އެރަށުގައި ބޭނުން ކުރަމުން އައީސް 26 އަހަރުވެފައިވާ ތަނެކެވެ. ފޯކައިދޫ ޒަމާނީ އިންޖީނުގޭގެ ކެޕޭސިޓީ އަކީ 1.5 މެގަވޯޓެވެ. މީގެ އިތުރުން ޑިސްޓްރިބިއުޝަން ނެޓްވޯކް އާކުރުމަށްޓަކައި 3،000 މީޓަރުގެ ކޭބަލް ވަޅުލައިފައެވެ. އަދި 4 ޓްރާންސްފޯމަރު ބަހައްޓައި ހައިވޯލްޓޭޖް ވިއުގައަކަށް ވަނީ ބަދަލުކޮށްފައެވެ. މިއި އިންޖީނުގެ އެއްވެސް ދަތިކަމެއްނެތި ފަންސާހަކަށް އަހަރަށް ބޭނުން ކުރެވޭނެއެވެ.
ފެނަކައިން މިހާރު ގެންދަވަނީ ރާއްޖޭގެ ރަށްރަށުގައިހުރި އިންޖީނުގެތައް އައުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ ތެރޭގައި މީހުން އުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް މީހުންނޫޅޭ ސަރަހައްދަށް ބަދަލު ކުރުން ވެސް ހިމެނެއެވެ. މިހައިތަނަށް ވަނީ 39 ރަށެއްގެ އައުއިންޖީނުގެތައް ވަނީ ނިމިފައެވެ.
ފޯކައިދޫ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންޑިރެކްތަރ އަހުމަދު ސައީދު މުހައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.