ފެނަކަކޯޕަރޭޝަންގެ މެނޭޖިންޑިރެކްޓަރުކަމާ އަލަށް ހަވާލުވި ދުވަހުން ފެށިގެން ދެކެން ވަރަށްބޮޑަށް ބޭނުންވި ކަމެއް މިއަހަރު ޖެނުއަރީ މަހުން ފެށިގެން ހާސިލް ވެފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންޑިރެކްޓަރ އަހުމަދު ސަޢީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވެފައިވަނީ ފުރަތަމަ ދުވަހުން ފެށިގެން ބޭނުންވި ކަމަކީ ފެނަކަ މުވައްޒަފުންގެ މުސާރައަށް ހެޔޮބަދަލެއް އައުން ކަމަށެެވެ. "ފެނަކައިގެ މަގާމާ ހަވާލުވި ދުވަހުން ފެށިގެން ދެކެން ބޭނުންވި އެއް ފެނަކައިގެ ލޮބުވެތި މުރާލި މުވަައްޒަފުންގެ މުސާރައަށް ހެޔޮ އުފާވެރި ބަދަލެއް ގެނެވޭނެ ދުވަހަކަށް. ﷲ ގެ ތަނަވަސް ރަހުމަތާއެކު އެ ހެޔޮ ބަދަލު ޖެނުއަރީ 2022 އިން ފެށިގެން މިވަނީ ގެނެވިފައި،" ސައިދު ވިދާޅުވެފައިވެއެވެ. މި ހެޔޮ ބަދަލަކީ މިނިމަމްވޭޖު ތައާރަފްކޮށް އެއާ އެއްގޮތަށް ފެނަކަ މުވައްޒަފުންނަށް މުސާރަ ދޭން ފެށުމުން އައި ހެޔޮ ބަދަލެކެވެ.

ސަޢީދަކީ ކުންފުންޏާއި ކުންފުނީގެ މުވައްޒަފުން މޯޓިވޭޓު ކުރުމަށް މަސައްކަތްކުރައްވާ ހީވާގި ހަރުދަނާ ލީޑަރެކެވެ. އޭނާގެ ލީޑަރޝިޕްގެ ދަށުން ފެނަކައިގެ ބައެއް ޚިދުމަތްތައް ހޯދުމުގައިވަނީ ލުއި ފަސޭހަތަކެއް ހޯދައިދީފައެވެ. އަދި އެކުންފުނީގެ ވަނީ ބައިނަލްއަގުވާމީ އެއްތައް އެވޯޑެއް ވެސް ހާސިލް ކޮށްފައެވެ.