ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރަން މިއަދު ބޭއްވި ބައިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ކަށަވަރުކޮށްފިއެވެ.
މިއަދު ބޭއްވި ކޮމަންޑޫ ދާއިރާ ބައިލެކްޝަން ސަރުކާރު ހިންގައި މައި ޕާޓީ އެމްޑީޕީ ކެންޑިޑޭޓް ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއާ އެމްއެންޕީގެ ކެންޑިޑޭޓާ ބޮޑު ފަރަގަކުން މޮޅުވެގެނެވެ.
ރާޝިދުގެ އުފަން ރަށް ފޯކައިދޫގައި ބެހެއްޓި ދެ ފޮށިންވެސް ވެސް އޭނާ ކުރި ހޯދިއިރު ޕީޕީއެމްގެ ކެންޑިޑޭޓް ފަތުހީގެ އުފަން ރަށް އަދި ދާއިރާގެ މައި ރަށް ކޮމަންޑޫއިންވެސް ރާޝިދު ކުރި ހޯދި އެވެ. އަދި މަރޮށީގައި ބެހެއްޓި ފޮށިންވެސް އޭނާ ކުރި ހޯދި އެވެ.