ލަންކާއިން ގެއްލުނު ޒުވާނާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
އަފްހާމް ނަސީރު ނަމަކަށް ކިޔާ މި ޒުވާނާ ގެ ހަށިގަނޑު ފެނިފައިވަނީ ލަންކާގެ ވެއްލަވައްތަ ބީޗު ސަރަހައްދުންނެވެ. އަދި އޭނާގެ ކަރުގައި ތޫނު އެއްޗަކުން ޒަޚަމުތަކެއް ހުރި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ލަންކާގެ ފުލުހުން، ވެއްލަވައްތަ ބީޗު ސަރަހައްދުން ދެ ފިރިހެނެއްގެ ހަށިގަނޑު މިއަދު ހޯދާފައިވާ އިރު، އޭގެ ތެރެއިން އެކަކަކީ އަފްހާމް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އަފްހާމްގެ ހަށިގަނޑު ފެނިފައިވާކަން ރަސްމީ އެއްވެސް އިދާރާއަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ރޭ 8:00 ހާއިރު އަފްހާމް ގެއިން ނުކުމެގެން ދިޔައީ އާއިލާގެ އެހެން ގެޔަކަށް ބަދަލުވާން ކަމަށް ބުނެ ކަމަށާއި އެކަމަކު އަފްހާމްގެ ޚަބަރެއް ނުވެގެން އެގޭ މީހުންނަށް ގުޅި ކަމަށް ޢާއިލާ އާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވެއެވެ.