އިންޑިއާގެ ލެޖެންޑަރީ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރު އުމުރުން 92 އަހަރުގައި ނިޔާވެއްޖެއެވެ. އޭނާ ނިޔާވެފައިވަނީ ހޮސްޕިޓަލުގައި އެޑުމިޓްކޮށްގެން ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އޭނާ ނިޔާވީ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނުއެވެ.

ބައެއް ރިޕޯޓުތައް ކުރިން ބުނެފައިވާ ގޮތުގައި ކޮވިޑުން ރަނގަޅުވެ، ލަތާގެ ހާލު ވަނީ ގެއަށް ދޫކޮށްލާ މިންވަރަށް ރަނގަޅުވެފައެވެ. ނަމަވެސް ހޮސްޕިޓަލުގައި ބާއްވާފައި އޮތީ މުސްކުޅިވުމުންނާއި ހަދަންޖެހޭ ބައެއް ޓެސްޓުތައް ހެދުމަށް ކަމަށެވެ.

ކޮވިޑަށް ޕޮޒިޓިވްވެ، ލަތާ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މިދިޔަ ޖެނުއަރީ މަހުގައެވެ.