ސ. ހުޅުދޫ/މީދޫގައި ތަރައްގީ ކުރަމުންގެންދާ މިފްކޯ ބަނދަރު މަޝްރޫޢުގެ ދަށުން ނެގިފައިވާ ވެލިން އެރަށު ކުރީގެ ބަނދަރުން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދު ވަނީ މިހާރު ހިއްކާ ނިންމާފައި ކަމަށް އެމަސައްކަތް ކުރައްވަމުން ގެންދަވާ އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެކުންފުނިން ވިދާޅުވެފައިވަނީ އޭގެ އިތުރުން އައު ހާބަރ ބޭސިން ފުންކުރުމުގެ 75 އިންސައްތަ އަދި އައު ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ 67 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ.

ޕްލޭނިން މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 80.68 މިލިއަން ރުފިޔާއަށެވެ. އެމްޓީސީސީން މިމަސައްކަތް ފަށައިފައިވަނީ 2020 ވަނަ އަހަރު އެޕްރީލްގައެވެ. މި މަސައްކަތް ނިމުމުން އެެ ބަނދަރަށް މަސްކިރަންދާ ދޯނިފަހަރަށް އެއްވެސް ދަތިކަމެެއްނެތި ވަދެނުކުމެވޭނެއެވެ.