ކޮވިޑް-19 ގައި 21 އަހަރުގެ ޒުވާނަކު މަރުވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މި ބަލީގައި އެންމެ ފަހުން ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މިއީ މި ބަލީގައި ރާއްޖެ އިން ނިޔާވި 283 ވަނަ ފަރާތެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑްގެ 17،000 އަށް ވުރެ ގިނަ އެކްޓިވް ކޭސް އުޅޭއިރު، 52 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.