ކ. ހިންމަފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު (ދެވަނަ ފިޔަވަހި) ގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް މަސައްކަތްކުރާ ތަނަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ. އެކުންފުނީން ވިދާޅުވީ އެ ޝިޕްމެންޓް ސައިޓަށް ގެންގޮސްފައިވަނީ ފެބުރުއަރީ 4 ވަނަ ދުވަހު ކަމަށެވެ؛

އެ މަސައްކަތުގެ ދަށުން އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 99 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ވިދާޅުވެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިންގެ 14،300 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 38 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 248 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 172 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 25.88 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީއަކީ މިފަދަ މަސައްކަތްތަކަށް ރާއްޖޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ ކުންފުންޏެވެ.