ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު ރޭ 08:50 ހާއިރު މަރުވެފައިވާކަމަށެވެ.

މަރުވެފައިވަނީ އުމުރުން 67 އަހަރުގެ ދިވެހި އަންހެނެކެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނި 284 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް-19 ގައި މިހާތަނަށް ޖުމުލަ 150،337 މީހުން ޕޮޒިޓިވް ވެފައިވެއެވެ. އެކްޓިވް ކޭސްގެ އަދަދު ވަނީ 17،169 އަށް އަރާފައެވެ.