ހުވަދު އަތޮޅު އުތުރުބުރީގައި ހިންގާ ރެފްލްޒް މޯލްޑިވްސް މެރަދޫ ރިޒޯޓް ކައިރީގައި އޮތް ލޯންޗެއްގައި އަލިފާން ރޯވުމުގެ ސަބަބުން އަނދައި ހުލިވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ މިރޭ ހިނގި ހާދިސާގައި 9:30 އެހައިކަންހާއިރު އަލިފާން އެއްކޮށް ނިއްވާލެވިފައިވާ ކަމަށެވެ. އެހެންނަމަވެސް ލޯންޗުވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.

މި ހާދިސާގައި އެއްވެސްަ މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ލޯންޗުގައި ރޯވި އަލިފާން ނިއްވާލުމުގައި ހަރަކާތްތެރިވެފައިވަނީ ގދ، ތިނަދޫ ފަޔަރ ސްޓޭޝަނުގެ މީހުންނެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. އަދި ލޯންޗުން ދަތުރުކުރީ ކިތައް މީހުންކަމެއް ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ