އައްޑޫސިޓީގައި ކޮވިޑް-19 ފެތުރުން އިތުރުވެ އެކްޓިވް ކޭސްގެ އަދަދު 648 އަށް އަރައިފިއެވެ. މިއީ މިހާތަނަށް އައްޑޫގައި ކޮވިޑްގެ އެކްޓިވްކޭސްތައް އެންމެ އިތުރުވިފަހަރެވެ.

އައްޑޫގެ އަވަށްތަކަށް ބަލާއިރު އެކްޓިވްކޭސްތައް އެންމެ ގިނައީ ހިތަދޫގައެވެ. އެއީ 331 މީހެކެވެ. ދެވަނައަށް އެންމެ ގިނަ ފޭދޫގެ އަދަދަކީ 121 އެވެ. ތިންވަނައަށް އެންމެގިނައީ މަރަދޫގައެވެ. އެއީ 83 އެވެ. ހަތަރުވަނައަށް މީދޫގައެވެ. އެއީ 52 އެވެ. ފަސްވަނައަށް ހުޅުދޫގައެވެ. އެއީ 17 އެވެ. ރިސޯޓުގައި 4 އެވެ.

އައްޑޫގައި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި މިހާރު ތިބީ 358 މީހެކެވެ. މިހާތަނަށް އައްޑޫއިން މި ބަލި ޖެހުނު މީހުންގެ ޖުމްލައަކީ 5432 އެވެ. އޭގެތެރެއިން 4769 މީހަކުވަނީ ބަލީން ފަސޭހަވެފައެވެ. އައްޑޫގައި ކޭސްތައް އިިތުރުވެ ހޮސްޕިޓަލަށްވަނީ މެނޭޖުކުރަން ދަތިވެފައެވެ. އެހެންކަމުން ދުވަހުންދުވަހަށް ނަގާ ސާމްޕަލްތައް ވެސް ޕްރޮސެސް ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވެއެވެ. މިދަތި ކަމާހެދި ސާމްޕަލްތަކުގެ ނަތީޖާ ދުވަހުން ދުވަހަށް ލިބުމުގައި ވެސް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. އެހެންފަހުން މި ހިސާބު ހާމަކޮށްފައިވަނީ ޖެނުއަރީ 6 ގައެވެ. އެދުވަހު މުޅި އައްޑޫއިން 121 މީހަކު އަލަށް ޕޮޒިޓިވްވެފައި ވެއެވެ.