އައްޑޫ ސިޓީ ހިތަދޫ މާކިޅި އޮންނަ ސަރަހައްދުގެ ވަލުތެރޭގައި ވަރަށްބޮޑަށް ރޯވެ އަދަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެސަރަހައްދުގައި އަލިފާން ރޯވެ އަދަންފަށައިފައިވަނީ ފެބުރުއަރީ 7 ވަނަދުވަހު ހަވީރުން ފެށިގެން ކަމަށެވެ. "އަލިފާން ރޯވެފައިވަނީ އިއްޔެ ހަވީރު 4:20 އެހައިކަންހާއިރު،" އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

އަލިފާން ނިއްވުމަށްޓަކައި އެމްއެންޑީއެފްގެ ފަޔަރއެންޑް ރެސްކިއުޓީމާއި، ފުލުހުންނާއި ގަންއެއާޕޯޓުގައި މަސައްލަތްކުރާ ފަޔަރުންނާއި ކައުންސިލްތަކުން އަންނަނީ ހަރަކާތެރިވަމުންނެވެ.

ކުރިއާ އަޚބަލާއިރު ބައެއް ހިސާބުތަކުން އަލިފާން ކޮންޓްރޯލްވިޔަސް ފެތުރިފައިވާލެއް ބޮޑު ކަމުން އެއްކޮށް ކޮންޓްރޯލް ނުވާކަމަށް ސިފައިން ވިދާޅުވިއެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.