ގދ. ފަރެސްމާތޮޑާގައި ކޮވިޑް-19 ބަލިމީހުންގެ އަދަދު 34 އަށް އަރައިފިއެވެ.

އެރަށު ސިއްހީމަރުކަޒުން މިއަދު ހާމަކޮށްފައިވާ ހިސާބުތައް ބުނާ ގޮތުން އެރަށުން މިހާތަނަށް ވަނީ ޖުމްލަ 104 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން މިހާތަނަށް ފަސޭހަވެފައިވަނީ 70 މީހެކެވެ.

އެންމެ ފަހުން އެރަށުން ބަޔަކު ޕޮޒިޓިވްވެފައި ވަނީ ފެބުރުއަރީ 7 ވަނަދުވަހުއެވެ. އެދުވަހު ނެގި 7 ސާމްޕަލްގެ ތެރެއިން 6 ސާމްޕަލެއް ވަނީ ޕޮޒިޓިވް ވެފައެވެ. ޖުމްލަނެގި 415 ސާޕްޕަލްގެ ތެރެއިން 20 ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބެއެވެ.

އެރަށުގައި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި މިވަގުތު ތިބީ 40 މީހެކެވެ. ކަރަންޓީނުގައިހުރީ 20 ގެއެކެވެ. އެރަށުން މިބަލިމަޑުކަން ފިލުވައިލުމަށްޓަކައި ރައްޔިތުންގެ އެއްބައިވަންތަކަމާއި އެއްބާރުލުން އިންތިހާއަށް ބޭނުންވާ ކަމަށް އެރަށު ސިއްހީމަރުކަޒުން ވިދާޅުވިއެވެ.