އައްޑޫސިޓީން އިތުރު 118 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ. އެއީއެޗުން ވިދާޅުވީ މިމަހު އަށްވަނަ ދުވަހު ނެގި 298 ސާމްޕަލްގެ ތެރެއިން 118 މީހަކު ޕޮޒިޓިވް ވްވެފައި ވަނީ މުޅި ސިޓީން ކަމަށެވެ. އޭގެތެރެއިން ހިތަދޫން ޕޮޒިޓިވް ވެފައިވަނީ 50 މީހެކެވެ. މަރަދޫން ޕޮޒިޓިވްވީ 11 މީހެކެވެ. މަރަދޫފޭދޫއިން 17 މހެކެވެ. ފޭދޫއިން 16 މީހެކެވެ. ހުޅުދޫއިން ޕޮޒިޓިވްވީ 19 މީހެކެވެ. މީދޫއިން 5 މީހެކެވެ.

އަލަށް ޕޮޒިޓިވްވި 118 މީހުންނާއެކު އައްޑޫސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ މިހާރުވަނީ 5659 އަށް އަރައިފައެވެ. އޭގެތެރެއިން 4948 މީހަކުވަނީ ބަލީން ފަސޭހަވެފައެވެ. އެކްޓިވް ކޭސްގެ އަދަދަކީ 696 އެވެ. އައްޑޫގައި އެކްޓިވް ކޭސްތައް އެންމެ ގިނައީ ހިތަދޫގައެވެ. އެއީ 330 މީހެކެވެ. ފޭދޫގެ އެކްޓިވް ކޭސްގެ އަދަދަކީ 121 އެވެ. މަރަދޫގައި 92 އެވެ. މީދޫގައި 57 އެވެ. ހުޅުދޫގައި 39 އެވެ. ރިސޯޓުގައި 4 އެވެ.

މިބަލީގައި އައްޑޫން ވަނީ މިހާތަނަށް 15 މީހަކު ނިޔާވެފައެވެ. މިހާރުވެސް އެކަކަށް ދަނީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންނެވެ.