ވިއްކުމަށް ރާއްޖެއަށް އެތެރެ ކުރި ދޫނިތަކެއް ހިފަހައްޓައި އެ ދޫނިތައް މަރާލި މައްސަލައިގައި އެކަން ހިނގި ގޮތުގެ ތަފްސީލް ރިޕޯޓެއް ހުށަހެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފިޝަރިޒް މިނިސްޓްރީއަށް އަންގައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން މަރާލި ދޫނިތަކަކީ ދޫނީގެ ވިޔަފާރިކުރާ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ "ޕެޓް މާސްޓާ" އިން އެތެރެކުރި ދޫނިތަކެކެވެ. މިނިސްޓްރީން ބުނެފައިވާ ގޮތުގައި ދޫނިތައް މަރައިލީ ރާއްޖެ އަށް އެތެރެކުރުމުގެ ހުއްދަ ލިބިފައި ނުވާ ދޫނިތަކަކަށްވާތީ އެވެ. އަދި އެކަން ކުރީ އެޓާނީ ޖެނެރެލް އޮފީހުގެ ލަފާގެ މަތިން ކަމަށް ބުންޏެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ދޫނިތައް މަރާލުމުގެ މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ ތަފްސީލީ ރިޕޯޓެއް ހުށަހެޅުމަށް ފިޝަރީޒް މިނިސްޓްރީއަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާކަމަށެވެ.

ދޫނި ނައްތާލި މައްސަލަ ހޫނު ވެ ޕެޓް މާސްތާ މޯލްޑިވްސް އިސްވެ ހުރެ މިއަދ ހަވީރު ވަނީ ސުލްހަވެރި އިހުތިޖާޖެއް ކުރަން ނިންމާފައެވެ.