ށ. ފޭދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައިވާ ކަމަށް އެމަސައްކަތް ކުރައްވަމުން ގެންދަވާ އެމްޓީސީސީން ވިދާޅުވެއްޖެއެވެ. އެ ކުންފުނީން ވިދާޅުވި އެމަސައްކަތުގެ އިތުރުން ނެރު ފުންކުރުމުގެ މަސައްކަތުގެ 66 ޕަސެންޓް މަސައްކަތް ވެސް މިހާރުވަނީ ނިމިފައި ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 27،500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 1380 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 33.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.